ފްލައިމީ

ފްލައިމީން ގަމާއި ފުވައްމަލުކުގެ ދަތުރުތައް ހުއްޓާލަނީ

May 24, 2019

ފްލައިމީން އައްޑޫ އަށާއި ފުވައްމުލަކަށް ކުރަމުން އައި ވައިގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި އެވެ. ފްލައިމީ އޮޕަރޭޓް ކުރާ ވިލާ އެއާގެ މި ނިންމުން އިއުލާން ކުރީ މިއަދު ނެރުނު ބަޔާނެއްގެ މެދުވެރިކޮށެވެ.

ވިލާ އެއާގެ އެ ބަޔާނުގައި ބުނަނީ ދެކުނުގެ އެ އަތޮޅަށް ކުރަމުން އައި ދަތުރުތައް ހުއްޓާލަން ނިންމުމުން އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ހުއްޓާލާނެ ކަމަށެވެ.

އެ ގޮތަށް ނިންމީ މުވައްޒަފުން މަދުވުމުގެ ދަތީގައި ޕައިލެޓުންގެ ދަތިތަކަން އައިސްގެން ކަމަށެވެ. -- ފްލައިމީން ފުވައްމުލަކާއި އައްޑޫ ގަމަށް ދަތުރުތައް މިދިއަ ނޮވެމްބަރު މަހު އެވެ.

ވިލާ އެއާ އިން ބުނީ ފްލައިމީގެ ފަރާތުން ޕައިލެޓުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ކުރިއަތް އޮތް މަސްތަކުގައި އެ ޕައިލެޓުންގެ ބޭނުން ހިފެން ފަށާނެ ކަމަށާއި ވަރަށް އަވަހަށް ފްލައިމީގެ ދަތުރުތައް ފުވައްމުލަކު އަދި އައްޑޫގެ ގަމަށް ފަށާނެ ކަމަށެވެ.

އަދި ބުނީ އެ އެއާލައިނަށް ATR 72–600 ގެ ބޯޓެއް މިއަހަރުގެ އޮކްޓޯބަރު މަހު ގެންނާނެ ކަމަށެވެ،