ޝިދާތާ ޝަރީފު

ޖިންސީ ތަފާތު ހުއްޓުވަން، ފިކުރީ ވިސްނުން ގެންނަން ޖެހޭ: ޝިދާތާ

ވަކި ޖިންސަކަށް ވީތީ ކުރިމަތިވާ އަނިޔާތަކަށް ނިމުމެއް ގެނައުމަށް ސަގާފީ، އިޖްތިމާއީ އަދި ފިކުރީ ވިސްނުން ގެންނަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށް ދިޔަ "އެންޑިން ސެކްޝުއަލް އެންޑާ ޖެންޑާ ބޭސްޑް ވަޔަލެސް އިން ހިޔުމެނިޓޭރިއަން ކްރައިސިސް" ތަގްރީރު ކުރައްވަމުން ޝިދާތާ ވިދާޅުވީ، ވަކި ޖިންސަކަށް ވީތީ ކުރާ ތަފާތުކުރުމާއި އަނިޔާތަށް ހުއްޓުވުމަށް ބޭނުންވާ ސިޔާސަތު ނެގެހެއްޓުމުގައި ރާއްޖެ ދެމި އޮންނާނެ ކަމަށެވެ.

ޝީދާތާ ވިދާޅުވީ، 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަ ކުދިން މަރުވެފައިވާ ކަމަށެވެ. އެކާރިސާއަށް ފަހު ރާއްޖޭގައި އިޖްތިމާއި މައްސަލަތަށް ގިނަވެ، ގިނަ ފަރާތްތަކެއް ޖިސްމާނީ އަދި ޖިންސީގެ އަނިޔާއަށް ހުށަހެޅިފައިވާ ކަމަށެވެ.

ވަކި ޖިންސަކަށް ވީތީ އަނިޔާ ލިބެމުންދާ ފަރާތްކަށް ސަރުކާރުން ގިނަ އެހީތަކެއް ވަމުންދާ ކަމަށްވެސް މިނިސްޓަރު ޝިދާތާ ވިދާޅުވި އެވެ.