ހަބަރު

މާލޭގްރޭންޑުގެ ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

May 27, 2019
1

ކުރީގެ އަރަބިއްޔާ ހުރި އިމާރާތުގައި ޓާޓާ ކުންފުނިން ހެދި "މާލެ ގްރޭންޑް" ފްލެޓް މަތިން ބިއްލޫރިގަނޑެއް ވެއްޓި އަންހެނަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު 12:10 ގައި ރިޕޯޓު ކުރި އެ ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 36 އަހަރުގެ އަންހެނަކަށް ކަމަށާއި އެ ބިއްލޫރިގަނޑުން ޖެހި އޭނާގެ އަތް ތިލައިން ކުޑަކޮށް ހަފައިގެން ގޮސްފައިވާ ކަމަށެވެ. އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށާއި އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މިއަދު މާވެޔޮ މަގުގައި ހަދާ މިސްކިތުގެ ބިއްލޫރި ޝީޓެއް ވެއްޓިގެން ވެސް ދެ މީހަކަށް އަނިޔާވި އެވެ. އެ ދެ މީހުންނަށް ވެސް ދަނީ އައިޖީއެމްއެޗް އިން ފަރުވާދެމުންނެވެ.