ހަބަރު

ބޮޑު އަމުރު ތަންފީޒުނުކުރި އިދާރާތަކަށް ފިޔަވަޅު އަޅަން ލަފާދީފި

May 28, 2019
5
ޖަލު ކޮމިޝަންގެ މެންބަރު އަހުމަދު މުހައްމަދުފުޅު ވާހަކަދައްކަވަނީ -- ފޮޓޯ: ހޯމް މިނިސްޓްރީ
33.3%
66.7%
0%

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ނެރުނު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރި މުއައްސަސާތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ޕްރިޒަންސް އޮޑިޓް ކޮމިޝަނުން ހޯމް މިނިސްޓްރު އިމްރާނަށް ލަފާދީފި އެވެ.

އެކެއް ފެބްރުއަރީގެ އަމުރުގައި ނުވަ ބޭފުޅަކު ދޫކޮށްލަން އަމުރު ކުރި އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު އިމްރާނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިނެވެ.

އަދި މެޖިސްޓްރޭޓް އަހުމަދު ނިހާނާއި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫނާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ދޫކޮށްލުމަށް ވެސް އެ އަމުރުގައި ވެއެވެ.

މިއަދު ވަނީ ޖަލުތަކުގެ އޮޑިޓް ރިޕޯޓް އާންމުކޮށްފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން އެކެއް ފެބްރުއަރީގެ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒް ކުރަން މުއައްސަސާތަކުން އިއުތިރާފުވެފައިވާ ކަމަށާއި އެ އަމުރުގައި ދޫކޮށްލަން އަންގާފައިވާ ފަރާތްތައް ބައިތިއްބާފައިވަނީ ޣައިރު ގާނޫނީ ބަންދެއްގައި ކަމަށެވެ. އަދި އަމުރު ތަންފީޒު ކުރަން ފުލުހުންނާއި ކަރެކްޝަނަލް ސާވިސް އިން ހުރަސް އަޅާފައިވާ ކަމަށްވެސް ރިޕޯޓްގައި ވެއެވެ.

ރިޕޯޓްގައި ވަނީ، ދައުލަތުގެ ބަންޑާރަ ނައިބާއި އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސްއާ ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އަމުރާއި ގުޅިގެން އެ ނުވަ ފަރާތަށް ކަށަވަރުކޮށްދޭންޖެހޭ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެއްވެސް މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ.

އަމުރަށްފަހު، ފަހެއް ފެބްރުއަރީގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެފަދަ ފަރާތްތަކުގެ ހައްގުތައް ހިފަހައްޓާފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައިވާ ނުވާ ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.

ރިޕޯޓްގައި މަޖިލިސް މެންބަރުން މަޖިލީހަށް ހާޒިރުކޮށްފައި ނުވާ މައްސަލަ ވެސް ފާހަގަކޮށްފައި ވެއެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރު ބަންދުގައި ތިއްބެވި މަޖިިލިސް މެންބަރުން މަޖިލީހަށް ހާޒިރުކުރުމަށް ކަރެކްޝަނަލް ސާވިސްއާ ފުލުުހުން ހުރަސް އަޅާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އޭރުގެ މަޖިލިސް ރައީސްގެ ފަރާތުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަަމަށްވެސް ރިޕޯޓްގައި ވެއެވެ.

ޖަލުތަކުގައި ބަންދުކުރެވޭ މީހުންގެ ހައްގުތައް ކަށަވަރުކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ކަރެކްޝަނަލް ސާވިސްއާ އެޗްއާރްސީއެމާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އެކަންކަން މެންބަރުންނަށް ފަހި ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށްވެސް ރިޕޯޓްގައި ވެއެވެ.

ކޮމިޝަނުން ވަނީ މިނިސްޓަރު އިމްރާނަށް ރިޕޯޓް ހިއްސާކުރާތާ ހަތް ދުވަހުގެ ތެރޭގައި އެމައްސަލަތައް ދައުލަތުގެކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް ތަހުގީގް ކުރުމަށް ގޮވާލާފަ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަބީބު.

ޔާމިނު މައްޗައް ޓެރެރިޒަމްގެދައުވާ އުފުލަންޖެހޭ ގާނޫނުއަރާ ހަމަކުރުވަންޖެހޭ

ކަންއޮތްގޮތް

ކޮމިޝަންތައްހަދައިގެން ރިޕޯޓުނެރުންނޫންކަމެއް އެބަކުރެވޭހެއްޔެވެ؟ ހައްތަހައިވެސް ފެންނަނީ އެކިއަގުގައި އެކިކުލަކުލައިގެ ރިޕޯޓުހަދައިގެން ނެރެދައްކައި ފޮޓޯޗާޕުވާތަނެވެ. ކަންކުރިބަޔަކުހޯދި، ސުވާލުކުރެވި، ތަޙުޤީޤުކުރެވި، އަދަބުދެވޭތަނެއް ނުފެނެއެވެ. ރައްޔިތުންގެ މާލިއްޔަތުން ޚަރަދުކޮށްގެން ރިޕޯޓު އެބަނެރެވެއެވެ.

އަދިވެސް

އެއީދޫކުރަންޖެހޭބައެއްތަ؟ތިމީހުންގެ ނުބައިނުލަފާ ކަމުން މިޤައުމު ހަނާހުނިވަނީ ރަތްޔަތުން ތިބީހޭލާ އާވާހަކައެއް އުފަންކޮށްގެން ރ.ޔާމީންެއަށް ގޯނާކުރަން ތިއުޅެނީ ހަދާންކުރޭ އިންސާފު އޮންނާނީ ޙައްޤު ގައިތިބިމީހުންނަށް މިފަހަރުވެސްކުލހުވަފެން އަނެއްކާފެށީ.ފައިސާއަށް ހުރިހާމީހުން ނުހެއްލޭނެ މިމީހުންގެ ކިބައިން މިޤައުމު ސަލާމަތް ކޮށްދެއްވާދޭ އާމީން

އަބޫ

މޮޅެތި އިބާރާތުން ފުރާލެވިފައިވާ ސޮފުހާތަކެއް. ތިޔަބުނާ ހުކުމާއި ގުޅިގެން ކަން ކުރަންވި ގޮތަކާއި ނުކުރަންވީ ކަމެއް އެނގި ސާފުވި އެއްވެސް ބަޔަކު ނެތް. 5 ފަނޑިޔާރުން ސޮއެކޮށްފައި އަމުރު ނެރެ ނިގުލަށް ފިތުނީމަ 4 ފަނޑިޔާރުން ކޮޅުބަދަލު ކޮށް ހަމަ އެމީހުން ސޮއެކޮށް އެއަމުރު ބާތިލު ކޮށް 2 މަގާމުގެ ދަހިވެތި ކަމުގައި އިސް 2 ފަނޑިޔާރުން ޖަލަށްލީ. މިވަރުގެ ތަނެއްދޮރެއް ވަކިކުރަން ނޭނގޭ ހާލަތެއްގައި ކާކު ކީއް ކުރާނީ ؟ އަދި މިސަރުކާރުންވެސް އެހުކުމް އެއްކޮށް ތަންފީޒު ނުކުރޭ. އަދީބު އަދިވެސް ޖަލުގައި. އޭގެ މާނައަކީ އެހުކުމް ތަންފީޒު ނުކުރުމުގެ ގޯހެއް ނެތޭ. އަދި އަދީބު ދޫނުކޮށް ހިފަހައްޓާ ހިފެހެއްޓުމަކީވެސް ހަމަ ހުކުމް ތަންފީޒު ނުކުރުން.މިހާރު އެކަމަށް ހުރަސް އަޅަނީ މިހާރުގެ ހޯމްމިނިސްޓަރ، ކަރެކްޝަންސް އަދި ފުލުހުންތާ !

ސެލީ

ވަރަށް ޅަވާނެ ތިކޮމިޝަން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345