ހަބަރު

ހުޅުމާލޭގައި މީހެއްގެ އަތުން 15000 ޑޮލަރު ފޭރިގަނެފި

ހުލުމާލޭގައި، ސައިކަލުތަކެއްގައި ދިޔަ ބަޔަކު މީހެއްގެ އަތުން 15000 އެމެރިކާ ޑޮލަރު ފޭރިގަނެފި އެވެ.

ފުލުހުން ބުނީ މިކަމެއް ހިނގީ ހުޅުމާލޭގައި ހުންނަ ސިޓީއޮންލައިން އޭޝިއާ ކައިރިން ކަމަށެވެ. މާލެއިން ހުޅުމާލެއަށް ދިޔަ މީހެއްގެ އަތުން 15000 ޑޮލަރު ފޭރިގަނެގެން ދިޔައީ ދެ ސައިކަލެއްގައި ދުއްވާފައި ދިޔަ ހަތަރު މީހަކު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ވައްކަމާއި ފޭރުމުގެ އިތުރުން މަސްތުވާތަކެތީ ވިޔަފާރި ފަދަ ކުށްތަކުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.