ހަބަރު

ހިއުމަންޓްރެފިކް މައްސަލައެއްގައި ބިދޭސީއަކު ހިފަހައްޓައިފި

May 29, 2019
1

ރާއްޖޭން ފުރަން އުޅުނު ބިދޭސީ ފިރިހެނަކު ހިއުމަން ޓްރެފިކިންއަށް ތުހުމަތުވެގެން އެއާޕޯޓުން ހިފަހައްޓައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެ މީހާ ހިފަހައްޓާފައި ވަނީ، ދެމަފިރިންގެ ގޮތުގައި ޗުއްޓީ ހޭދަ ކުރަން ކަމަށް ބުނެ އޮޅުވާލައިގެން އަންހެނެކާއެކު ރާއްޖެ އެތެރުވުމަށްފަހު، އެ އަންހެންމީހާ ރާއްޖެއަށް ދޫކޮށްލައި، އޭނާގެ ޕާސްޕޯޓް ހިފައިގެން ފުރަން އުޅުމުން ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ބިދޭސީ މީހާ މިހާރު ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ވަޒީފާއަދާ ކުރުމަށް ކަމަށް ބުނެ އޮޅުވާލައިގެން ބިދޭސީން ގެންނަ މައްސަލަ ބޮޑުވެ 2013 ވަނަ އަހަރު ހިއުމަން ޓްރެފިކިން މަނާކުރާ ގާނޫނެއް ތަސްދީގުކޮށްފައި ވެއެވެ. އޭގެ އިތުރުން ހިއުމަން ޓްރެފިކިން މައްސަލަތައް ފަސޭހަކަމާއެކު ފުލުހުންނަށް ހުށަހެޅޭ ގޮތަށް އެކަމަށް ހާއްސަ ޕޯޓަލްއެއްވެސް މިދިއަ މަހު ވަނީ ގާއިމުކޮށްފަ އެވެ.

އެ ޕޯޓަލްއަކީ އދ. ގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަންގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ ޕޯޓަލެކެވެ.