ރޯދަ މަސް ނިމޭން ހަތަރު ދުވަހަށްވެފައި ވަނިކޮށް ރޯދަ އިނާޔާތެއްގެ ގޮތުގައި ކޮންމެ ގޭބިސީއެއްގެ ރޯދަމަހާ ދިމާވާ ކަރަންޓު ބިލުގެ 50 ޕަސެންޓް ކައުންސިލްގެ އިދާރާއިން ދައްކައިދޭން އއ. ތޮއްޑޫ ކައުންސިލުން ނިންމައިފި އެވެ.
ތޮއްޑޫގައި 226 ގޭބިސީ ހުރެ އެވެ. އެ ރަށު ކައުންސިލްގެ ނައިބު ރައީސް ހަސަން އަބްދުﷲ މިއަދު ވިދާޅުވީ ރޯދަ އިނާޔަތެއްގެ ގޮތު އެ ރަށުގެ ގޭބިސީތަކުގެ މެއި މަހުގެ ކަރަންޓު ބިލަށް ޖެހޭ އަދަދުގެ 50 ޕަސެންޓް ކައުންސިލް އިދާރާއިން ދައްކައިދޭން ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
ހަސަން ވިދާޅުވީ އިނާޔަތެއް ދިން ކަރަންޓް ބިލް ދެކުމުގެ އިންތިޒާމް ސްޓެލްކޯއާ ގުޅިގެން ދެއްކުމުގެ ކަންކަން މިހާރު ހަމަޖައްސާފައިވާ ކަމަށާއި މޭ މަހުގެ ކަރަންޓު ބިލަށް ފައިސާ ދައްކަންދާއިރު ބިލުގެ 50 ޕަސެންޓް އޮންނާނީ އަދާކޮށްފައި ކަމަށެވެ.