މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ހުރަސް ނާޅައި ޖަލުތައް ރަނގަޅުކުރަން އެހީވެ ދެއްވާ: މިނިސްޓްރީ

އައްސޭރި ޖަލު
0%
0%
0%

ސަރުކާރުން ޖަލު ތަކުގެ ހާލަތު ރަނގަޅު ކުރަން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ބަދަލުމުގައި އެއްބާރުލުން ދޭން ހޯމް މިނިސްޓްރީން އެދިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ރަނގަޅު ކުރުމަށް އެ މިނިސްޓްރީން މަސައްކަތް ކުރާ ކަމަށާއި، ކަމާއި ގުޅުން ހުރި އިދާރާތަކާއި މުއައްސަސާތަކުން ވެސް ހޯމް މިނިސްޓްރީއަށް އެއްބާރުލުން ދިނުން އެދޭ ކަމަށެވެ.

ޙޯމް މިނިސްޓްރީން ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އަޅަމުންދާ ކަމަށް ބުނެ ނޫސް ބަޔާނެއް ނެރެފައި މިވަނީ، ޖަލުތައް އޮޑިޓް ކުރާ ކޮމިޝަނުން ރިޕޯޓެއް ނެރެފައިވަނީ ހަގީގަތާއި ހިލާފު މައުލޫމާތު ހިމަނައި ޒިންމާދާރުކަން ކުޑަކޮށް ކަމަަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފައި ވަނިކޮށެވެ.

ޖަލުތަކުގެ އޮޑިޓް ނުކުތުުމާއެކު އެޗްއާރްސީއެމުން ވަނީ އެ ރިޕޯޓް ދޮގުކޮށްފަ އެވެ. އެޗްއާރްސީއެމުން ބުނީ ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔާތުތަކާއި ޒިންމާތަކާއި، ކޮމިޝަނުން ބަލަމުންދާ ޓޯޗާގެ މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި މިނިވަންކަން ގެއްލޭ ގޮތަށް ބަންދުގައި ތިބޭ މީހުންގެ އެންމެހާ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެޗްއާރްސީއެމުން ފޯރުކޮށްދިން މައުލޫމާތު ޖަލު އޮޑިޓް ރިޕޯޓުގައި ގެނެސްދީފައި ވަނީ ގަވާއިދާ ހިލާފު މައުލޫމާތު ހިމަނައިގެން ކަމަށެވެ.

ނަމަވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފަ ވަނީ، ޖަލު އޮޑިޓް ކުރާ ކޮމިޝަންގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނަކީ ކަމުގެ ފަންނީ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނ ކަމަށެވެ. އަދި އެކޮމިޝަނުން ރިޕޯޓް އެކުލަވާލައިފައިވަނީ ތަފާތު އެކި ގޮތްގޮތުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާ ކޮށް ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުޙައްމަދު ޝަރީފު

ޖަލުތައް 5ސްޓަރފެންވަރަށް ބަދަލުކުރަންޖެހޭއެބަ! ޖަލަށްލީމައި އިހުސާސް ވާންޖެހޭނީ ޗުއްޓީއެއްގައި ރިސޯޓެއްގައިއުޅެވޭކަމަށް، އަޅެފަހެހައިރާނެއްނުވޭތަ؟ ކުއްކުރާ މީހުންނަށްއަދަބުނުދިނީމައިވީނު! ވަގުންވައްކަންކުރާނީ، ކުޑަކުދިންނާއިބެހޭމީހުން އެކަމުގައި އުޅޭނީ، ރައްޔިތުންގެ ޒިންމާއަކީ ގެދޮރުވަރުގަދަކުރުމާއި، ދަރިންގެގައިގައި ޓެގްއަޅުވައިގެން ބެލުން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345