ގުރުއަނާބެހޭ މަރުކަޒުން ފުވައްމުލަކާއި ލ. ފޮނަދޫގައި ހިނގާ ގްރުއާން ކްލާހަށް މެގަ އެކްސެސް ނެޓްވޯކް ސޮލިއުޝަން ދިރާގުން ފޯރުކޮށްދީފި އެވެ.
ސީއެސްއާރްގެ ދަށުން މި ހިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން ކީރިތި ގުރުއާނާބެހޭ މަރުކަޒާއެކު ރަސްމީ އެއްބަސްވުމުގައި މިއަދު ވަނީ ސޮއި ކޮށްފަ އެވެ
ދިރާގުން ބުނީ މި ހިދުމަތުގެ ދަށުން މާލޭގައި ހުންނަ މުދައްރިސަކަށް އެހެން ރަށްތަކުގައި ތިބޭ ދަރިވަރުންނަށް ރިމޯޓްކޮށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހިންގާ ތަފާތު ކޯސްތަކުގައި ރަށުގައި ތިބެގެން ބައިވެރިވެވޭނެ ކަމަށެވެ.
މި ހިދުމަތުގެ ސަބަބުން ގްރުއާނާބެހޭ މަރުކަޒުން ވީޑިއޯ ކޮންފެރެންސިންގް މެދުވެރިކޮށް ކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ހުޅުވެ އެވެ. އަދި އެ ދެ ރަށުގައި ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ރަށުގައި ތިބެގެން ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.
މީގެ އިތުރުން ޖިޓަލް ކްލާސްރޫމް ޒަރިއްޔާ އިން މާލޭގައި ތިބެ މުދައްރިސުންނަށް ފިލާވަޅު ނަންގަވައި ދެއްވާ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުވެސް ވަގުތުން ދެއްވޭނެ އެވެ.
ޖުމްލަ 91 ދަރިވަރަކު މިވަގުތު ވެސް މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. އެއީ 65 ދަރިވަރުންނާއެކު ޤުރުއާން މުދައްރިސް ކަމުގެ ޑިގްރީ ގައި 65 ކުދިން އަދި އިމާމްކަމުގެ ޑިގްރީ ގައި 26 ދަރިވަރުންނެވެ.