ވިޔަފާރި

އެމްޓީސީސީގެ އޭޖީއެމް މިމަހުގެ 15 ގައި

Jun 2, 2019

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

އެމްޓީސީސީ އިން ބުނެފައިވާ ގޮތުގައި ހޮޓެލް ޖެންގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ވާންޖެހޭނެ ކަމަށެވެ.

އަހަރީ އާއްމު ޖަލްސާއަށް އެމްޓީސީސީ ތައްޔާރުވާއިރު އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ފައިދާ ނުބަހަން ނިންމާފަ އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އިންވެސްޓްކޮށްފައިވާ އެންމެ ޒަމާންވީ އެއް ކުންފުނި ކަމަށްވާ އެމްޓީސީސީ އިން 2017 ވަނަ އަހަރު ފައިދާ އިން ހިއްސާ އަކަށް މިދިޔަ އަހަރު ވަނީ 20.9 މިލިއަން ރުފިޔާ ބަހާފަ އެވެ. އެއީ ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާ އަކަށް ފައިދާގެ ގޮތުގައި 2.6 ރުފިޔާ އެވެ. އަދި މި އަދަދު ބަހަން އެ އަހަރު ނިންމުމާއެކު އެ ކުންފުނީގައި 1980 ވަނަ އަހަރުން ފެށިގެން ގަތް ކޮންމެ ހިއްސާ އަކަށް 52 ރުފިޔާގެ ފައިދާ އެއް ޖެހުނެވެ.

އެމްޓީީސީސީ އަށް މިދިޔަ އަހަރުގެ ވަނީ ބޮޑު ގެއްލުމެއް ވެފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 2.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2017 ވަނަ އަހަރު 97 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެންވެ، މިއީ ސާފު ފައިދާ ބޮޑުތަން ދައްވުމެކެވެ. އަދި މި އަހަރުގެ ފުރަތަމަ ތިން މަހު ވެސް ވަނީ ބޮޑު ގެއްލުމެއް ވެފަ އެވެ. ފުރަތަމަ ތިން މަހު އެ ކުންފުންޏަށް 45 މިލިއަން ރުފިޔާ ގެއްލުންވެފައިވެ އެވެ.