ހަބަރު

މަޖިލިސް ވެސް ޕްލާސްޓިކާ ދުރަށް

މަޖިލީހުގެ އަމީންއާންމު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޕްލާސްޓިކް ބޭނުން ނުކުރާ ގޮތަށް ހަމަޖައްސަން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ އަމީންއާންމު ނިއުޝާ ވިދާޅުވީ މަޖިލިސް އިދާރާއި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓުވާލުމަށް މަޖިލީހުގެ ރައީސް ނަޝީދު ނިންވަމާފައިވާތީ މީގެ ފަހުން މަޖިލީހުގައި ޕްލާސްޓިކް ބޭނުން ނުކުރާނެ ކަމަށެވެ.

ނަޝީދު ބޭނުންފުޅު ވަނީ މަޖިލީހަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހަދަން ކަމަށާއި އެ ގޮތުން އެނާޖީ ސޭވިން ލައިޓްސްތައް ބަހައްޓަން ވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

"މަޖިލީހުގެ ރައީސް ވަނީ މަޖިލިސް އިދާރާގަ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލާ، ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައި މަޖިިލިސް އިދާރާގެ އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމަވާފަ." ނިއުޝާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕްލާސްޓިކް ބޭނުން ނުކުރާ ގޮތަށް ރައީސް ނަޝީދު ނިންމަވާފައި މިވަނީ، މަޖިލީހުގައި ޕްލާސްޓިކް ފެންފުޅި ބޭނުން ކުރާތީވެ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކޮށްފައި ވަނިކޮށެވެ. މިގޮތުން މަޖިލީހުގެ ރައީސް ކަމަށް ނަޝީދު އިންތިހާބުވެވަޑައިގެންނެވި ރެއިން ފެށިގެން ޓްވީޓާގައި ވެސް ބައެއް ފަރާތްތަކުން ވަނީ ނަޝީދު ޓެގްކޮށް ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރުމަށް އެދި ޝުއޫރު ފާޅުކޮށްފަ އެވެ.

ޕްލާސްޓިކާ ދުރަށް ދިއުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބައެއް މިނިސްޓްރީތަކާއި ސަރުކާރު އޮފީސްތަކުން ވެސް ވަނީ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލާފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345