މަސްތުވާތަކެތި ބޭނުންކޮށް ހަށިވިއްކައި ރޯދަ މަހު ދުވާލު ކެއުމަށް ބޭނުން ކުރަމުން އައި ގެއެއްގެ މައްސަލަ ބަލަން ފަށައި ފުލުހުންގެ އެހީތެރިކަމާއެކު އެ ގެ ރޫޅާލައިފި އެވެ.
ފުލުހުން ބުނީ ލ. ފޮނަދޫ ކުރިގަމު އަވަށުގެ ވަލުގައި ހުރި އެ ގެއަކީ ރޯދަމަހުގެ ދުވާލު ކެއުމާއި، ހަށި ވިއްކުމާއި މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކުށްތަކަށް އަރައިގަތުމަށް ބޭނުންކުރާ ގެއެއް ކަމަށް މައުލޫމާތު ލިިބިފައިވާ ކަމަށެވެ.
އަދި ފޮނަދޫގެ ބަންެޑަރަ ބިމެއްގައި ހުރި އެ ގޭގެ މައްސަލަ ރަށު ކައުންސިލުން ހިއްސާ ކޮށްފައިވާ ކަމަށާއި އެ ގެ އަޅާފައިވަނީ ކައުންސިލްގެ އެއްވެސް ހުއްދަ އެއް ނެތި ކަމަށެވެ.
ފުލުހަށް މި މައްސަލަ ކައުންސިލުން ހުށަހަޅާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ކައުންސިލްގެ އެދުމުގެ މަތިން އެ ގެ ރޫޅައިލުމުގެ މަސައްކަތް ކުރިއަށް ދިޔައިރު ފުލުހުން ވަނީ އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓައިދީފަ އެވެ.