ޕީޓާ ސެގަޓް

ގައުމީ ކޯޗާބެހޭ ފިލުމް ޕޯޗުގަލްގައި ޕްރިމިއާކޮށްފި

ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް އާ ބެހޭގޮތުން ޖަރުމަންގެ ފިލްމު ކުންފުންޏަކުން ހެދި، ޑޮކިޔުމެންޓްރީ ފިލްމު، ޕޯޗްގަލްގެ ލިޒްބަންގައި ޕްރިމިއާ ކޮށްފި އެވެ.

"މޭން އޮފް ހޯޕްސް" ގެ ނަން ދީފައިވާ ޑޮކިޔުމެންޓްރީގައި ގެނެސްދެނީ، އަފްގާނިސްތާންގެ ކޯޗް ކަމުގައި ޝެގަޓް ހުރި އިރު އެ ޓީމާއެކު އޭނާ ކުރި މަސައްކަތާއި އަދި އޭނާއަށް ކުރިމަތިވި ގޮންޖެހުންތަކުގެ މައްޗަށެވެ.

ހަނގުރާމަ އާއި ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން އަފްގާނިސްތާނުގެ ޓީމުން ހޯދި ކާމިޔާބުގެ ވާހަކަތައް ޑޮކިޔުމެންޓްރީގައި ގެނެސްދީފައި ވެއެވެ. ޑޮކިޔުމެންޓްރީގައި ވަނީ އަފްގާނިސްތާންގެ ފުޓްބޯޅަ ޓީމުގެ ތެރޭގައި ހިނގި މެޗްފިކްސިންގެ ކަންތައްތަކާ ބެހޭ މައުލޫމާތުވެސް ހިއްސާ ކޮށްފަ އެވެ.

މޭން އޮފް ހޯޕް ޑޮކިޔުމެންޓްރީގެ ޓްރެއިލާ

މި ޑޮކިޔުމެންޓްރީ އުފެއްދީ، ޖަރުމަންގެ ފިލުމް ޕްރޮޑެކްޝަން އައުޓްލެޓެއް ކަމަވާ ޒައިޓްސް ޕްރާންގް އެވެ. އެ ސްޓޫޑިއޯގެ ދަށުން މި ޑޮކިޔުމެންޓްރީ އުފެއްދީ ޖަރުމަންގެ ފިލުމު ޕްރޮޑިއުސަރެއް ކަމަށްވާ ޓިލް ޑީރެންބާކް އެވެ.

ހޮނިހިރު ދުވަހު، ލިޒްބަންގެ އޮފްސައިޑް ލިޒްބާއޯގައި ޕްރިމއާ ކުރި ޑޮކިޔުމެންޓްރީ ޔޫރަޕްގެ އެކި ފެސްޓވަލުތަކަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.