އީދު ފާހަގަ ކުރުން

އީދު މުބާރިކް، އަންގާރަ އީދު

Jun 3, 2019
1

މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ ކަމަށް، އިސްލާމިކް މިނިސްޓްރީ އިން ދާދި ދެންމެއަކު ކަނޑައަޅައި އިއުލާންކޮށްފި އެވެ. މި ގޮތަށް ކަނޑައެޅީ އީދު ދުވަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ޖަލްސާއަށް ފަހު،
އެވެ.

މިރޭ އާންމު ކުރި ހަނދާއި ބެހޭ ބަޔާނުގައި ވަނީ، މާދަމާ، 4 ޖޫން 2019 ވާ އަންގާރަ ދުވަހަކީ، މި އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް އަދި ކުޑަ އީދު ދުވަސް ކަމުގައި ކަނޑައަޅައި އިއުލާނު ކުރީ ރޯދަ މަހާއި ޝައްވާލު މަސް ފެށުމުގައި ރާއްޖޭގައި އަމަލު ކުރަމުން އަންނަ އުސޫލުގެ މަތިން ކަމަށެވެ.

އަދު ރޯދަ މަހުގެ 29 ވަނަ ދުވަހަށް އިރުއޮއްސޭއިރު، ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ އާއި އިސްލާމީ ބައެއް ޤައުމުތަކަށް މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުވެއްޖެ ކަމުގެ ރަސްމީ ޚަބަރު ލިބިފައިވާތީ ކަމަށެވެ.