ހަބަރު

ހައިވޭގެ ޑިވައިޑަރުތައް ހަލާކުވުމުން މަޑު ނުކޮށް ފިލައިފި

Jun 4, 2019
7

މާލެއިން ހުޅުމާލެއަށް ދިޔަ ވެހިކަލަކުން ޖެހި ބްރިޖް ހައިވޭގެ ރޯޑް ޑިވައިޑާތަކުގެ ބޮޑައެއް އަނެއްކާވެސް ފުނޑުނޑުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:00 ޖެހި އިރު ހިނގި އެ އެކްސިޑެންޓްގައި ވެހިކަލް މަޑު ނުކޮށް ގޮސްފައިވާ ކަމަށާއި އެ ވެހިކަލް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.

ބްރިޖް ހުޅުވި ފަހުން އެތައް އެކްސިޑެންޓެއް ހިނގައި ހުޅުމާލޭ އާއި މާލެ ގުޅުވައިދޭ ހައިވޭގެ ވަރުގަދަ ދަގަނޑު ފެންސާއި ރޯޑް ޑިވައިޑަރުތައް އެތަކެއް ފަހަރެއްގެ މަތީން ފުނޑުފުނޑުވެފައި ވެއެވެ.

ފެންސާއި ރޯޑް ޑިވައިޑަރުތައް ހަލާކުވި އެކްސިޑެންޓުތައް

  • 30 އޮކްޓޫބާ 2018: އެޗްޑީސީ ވޭނެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ފެންސުގައި ޖެހި ބޮޑު ބައެއް ހަލާކުވި
  • 16 ޖެނުއަރީ 2019: ލޮރީއެއް ކޮންޓްރޯލް ނުވެ ހައިވޭ ރޯޑް ޑިވައިޑާތަކުގައި ޖެހި ވަނީ ހަލާކުވެފައި
  • 18 ފެބްރުއަރީ 2019: ކާރެއް ކޮންޓޮރޯލް ނުވެ ފެންސު ފަޅައިގެން ގޮސް ހޮޅިދަނޑި އެއްގައި ޖެހުނު
  • 19 ފެބްރުއަރީ 2019: ޓެކްސީ އެއް އެކްސިޑެންޓުވެ ޑިވައިޑަރުތަކުގެ ބޮޑު ބައެއް ހަލާކުވި
  • 9 މޭ 2019: ހުޅުމާލެއިން މާލެ ދިޔަ ވޭނެއް އެކްސިޑެންޓުވެ ޑިވައިޑަރުތަށް ހަލާކުވި

މިއިން އެއްވެސް އެކްސިޑެންޓަކަށް ބަދަލު ނަގާފައެއް ނުވެއެވެ. އަދި އެ އެކްސިޑެންޓްތަކުގެ ގެއްލުމުގެ ބަޔަށް ފިޔަވަޅު އެޅި ކަން ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނުވެއެވެ.