ދިރާގުން މާލެ އާއި އަތޮޅުތަކުގެ ރަށްރަށުގައި ކުޑަ ކުދިންނަށް އީދު ހަދިޔާ ބަހައިފި އެވެ. އެ ކުންފުނިން ކޮންމެ އަހަރަކު ވެސް އީދު ހަދިޔާ ބަހައެވެ.
މުއާސަލަތީ އެ ކުންފުނިން މިއަދު ބުނީ އީދާ ގުޅިގެން ކުޑަކުދިންނަށް ހަދިޔާ ބަހަނީ އީދުގެ މުނާސަބަތަކުގައި ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށް ވުމުން ކުޑަކުދިންގެ މެދުގައި މިފަދަ ސަގާފަތްތަށް ދިރުވުމަކީ މުހިންމު ކަމަކަށްވާތީ ކަމަށެވެ. އަދި އީދުގައި ހަދިޔާއެއް ލިބުމަކީ ކުޑަ ކުދިން އެކަމަކަށް ވަރަށް އިންތިޒާރުކުރާ ކަމެއްކަމަށްވެސް ވާތީ ކަމަށެވެ.
ރަށްރަށުގައި ވެސް ދިރާގުން ވަނީ ކުޑަކުދިންނަށް ހަދިޔާ ބަހާފަ އެވެ. ދިރާގުން ހަދިޔާ ބެހީ ކުންފުނީގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ގާއިމްކޮށްފައިވާ ރަށްތަކުގަ އެވެ.