އައިޖީއެމްއެޗް

ނަމާދަށް ހުއްޓާ ވެއްޓުނު މީހާ މަރުވެއްޖެ

ޒިޔާރަތް މިސްކިތުގައި ހުކުރު ނަމާދަށް ހުއްޓާ ވެއްޓުނު މީހާއަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ހުކުރު ނަމާދަށް ހުއްޓާ ވެއްްޓުނީ ސ. ހިތަދޫ މޫންލައިޓްވިލާ އަޝްރަފް ސައީދު 44 އެވެ. ހުކުރު ނަމާދަށް ހުއްޓާ އޭނާ ވެއްޓުމުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމް އާއި އެމަނިކުފާނުގެ ސެކިއުރެޓީ ބަލަހައްޓާ ބޭފުޅުންނެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވެސް މިވަގުތު ހުންނެވީ އައިޖީއެމްއެޗްގަ އެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވަނީ ނަމާދަށް ހުއްޓާ ވެއްޓުނު މީހާ މަރުވިކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް މަރުވި ސަބަބު ވިދާޅެއް ނުވެ އެވެ.

އަޝްރަފްގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފަވަނީ، އަޝްރަފަކީ ހަކުރު މަތިވާ މީހަކަށްވުމުން، ނަމަދޫގައި ހުއްޓާ ވެއްޓުނީ ބްލަޑް ޕްރެޝާ މަތިވުމުގެ ސަބަބުން ބެލެވޭ ކަމަށެވެ.