މިނިސްޓްރީ އޮފް އެޑިއުކޭޝަން

މަތީ ތައުލީމްގެ ލޯނު ނުލިބުނީ ފޯމް ހުށަހެޅި ގޮތުން: މިނިސްޓަރު

މަތީ ތައުލީމަށް ސަރުކާރުން ދޭ ލޯނަށް ކުރިމަތިލި މީހުންގެ ތެރެއިން ލޯނު ހަމަ ނުޖެހުނީ ހަޔާ އެޑިއުކޭޝަން މިނިސްޓިރީން ކަނޑައެޅި އުސޫލުތަކާ ހިލާފަށް ފޯމް ހުށަހެޅި ފަރާތްތަކަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ސްޓޫޑެންޓް ލޯނު ދީފައިވާ ގޮތާއިމެދު ފާޑުކިޔުން އަމާޒުވެފައިވާއިރު، އެއަށް ރައްދު ދެއްވާ މިނިސްޓަރު ޑރ. އިބްރާހީމް ހަސަން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލޯނަށް އެދުނު މީހުންގެ ތެރެއިން ޑިސްކޮލިފައިވި މީހުނަށް އެމީހުން ޑިސްކޮލިފައިވި ސަބަބު އަންގާނެ ކަމަށެވެ. އަދި ބާކީ ޖާގަތަކުގެ ލޯނަށް އެދުމުގެ ފުރުސަތު މިމަހު 20 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

ސަރުކާރުން ދޭ ސްޓުޑަންޓް ލޯނަށް މިއަހަރު ކުރިމަތިލާފައިވަނީ 242 ފަރާތެކެވެ. އޭގެ ތެރެއިން ލޯނު ހަމަޖެހުނީ 79 ފަރާތަކަށެވެ. ލޯނު ލިބުނު ފަރާތްތަކުގެ ތަފުސީލު މިނިސްޓްރީން އިއްޔެ ހާމަ ކުރިއިރު ސަރުކާރުން ލޯނު ދިނުމުގައި އިސްކަން ދޭ ދާއިރާ އެއް ކަމަށްވާ ތަރިކާ އާއި ސަގާފަތުގެ ދާއިރާ އިން މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ލޯނަށް އެދުނީ އެންމެ މީހެކެވެ. އޭނާއަށް އެ ލޯނެއް ނުލިބެ އެވެ.

އެންމެ ގިނަ ބަޔަކު ލޯނަށް އެދުނީ ބޭނުން ދާއިރާއަކުން ވަކި ގައުމުތަކުން ކިޔެވުމަށް ހުޅުވާލި ފުރުސަތަށެވެ. އެ ދާއިރާއިން 332 މީހުން ލޯނަށް އެދުނު އިރު ލޯނު ހަމަޖެހުނީ 30 މީހަކަށެވެ. އެއީ 9.3 ޕަސެންޓް މީހުންނެވެ.