ސިއްހަތު

ހޮޓެލް ޖެން އިން ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކޮށްފި

ގްލޯބަލް ވެލްނެސް ޑޭ ނުވަތަ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޮޓަލް ޖެން އިން ހާއްސަ ބްރެކްފާސްޓެއް ބާއްވައިފި އެވެ.

ހޮޓަލް ޖެންގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖާ ނީނާ މުހައްމަދު މިއަދު ވިދާޅުވީ، މިއަދު ހޮޓަލް ޖެން އިން ތައްޔާރުކޮށްފައިވާ ހާއްސަ ބްރެކްފާސްޓުގައި ބޮޑަށް ހިމަނާފައިވަނީ ސިއްހަތަށް ފައިދާހުރި ކެއުންތައް ކަމަށެވެ. އަދި ބްރެކްފާސްޓުގެ އިތުރުން ޖޫސް ބާ ގައި ވެސް ހުންނަ ޖޫސްތަކުގައި ހަކުރުގެ އެއްވެސް ބާވަތެެއް ނުހިމެނޭނެ ކަމަށެވެ.

"ބުފޭގައި ބޮޑަށް ފޯކަސް ކޮށްފަ ބޮޑަށް މި އިންނަނީ ހެލްތީ އެކި ކަހަލަ ޑިޝެސް ސޭންޑްވިޗެސް ތައް" ނީނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޖެން ހޮޓަލުގެ ބްރެކްފާސްޓުގެ މެއިން ޑިޝް ވެސް މިއަދު ތައްޔާރުކޮށްފައި ވަނީ ސިއްހަތަށް ގެއްލުންދޭ ބާވަތައް ނުހިމަނަ އެވެ. ހޮޓަލް ޖެން އިން މިއަދަށް ހާއްސަ ކޮށްފައިވާ ބްރެކްފާސްޓް ކުރިއަށް ގެންދަނީ 10 ޕަސަންޓް ޑިސްކައުންޓަކާއެކު އެވެ.

މާލޭގައި ހިންގާ ޓޫރިސްޓު އެންމެ ބޮޑު ހޮޓާތަކުގައި ހިމެނޭ ހޮޓަލް ޖެން އަކީ ޝަންގްރިއްލާ އިން އޮޕަރޭޓް ކުރާ ހޮޓަލެކެވެ.