ހިޔާނާތުގެ ކުށުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލްކޮށް އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓްގައި އިލްތިމާސް ކޮށްފި އެވެ.
ހައި ކޯޓުން ވަނީ އަދީބުގެ ހިޔާނާތުގެ މައްސަލައިގެ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އަމުރުކޮށްފަ އެވެ.
އެ މައްސަލާގައި އަށް އަހަރަށް އަދީބު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ޅ. މާބިންހުރާއިން ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ މައްސަލައިގައި 2016 ވަނަ އަހަރު އެވެ.
އެ މައްސަލާގައި ހައިކޯޓުން ގޮތެއް ނިންމާފައިވާއިރު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ސުޕްރީމް ކޯޓްގައި އިލްތިމާސް ކުރީ މިދިއަ ހަފުތާގަ އެވެ.