ހަބަރު

ސީނިއާ ސްޓާފުންތަކެއް ވަކިވި ވާހަކަ މޯލްޑިވިއަނުން ދޮގުކޮށްފި

Jun 9, 2019
1

މޯލްޑިވިއަންގެ ޓެކްނިކަލް ސްޓާފުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކިވި ކަމަށް ދައުރުވާ މެސެޖަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށް އެ އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

މޯލްޑިވިއަންގެ ވަރަށް ސީނީއާ ސްޓާފުންތަކެއް އެއް ފަހަރާ އިސްތިއުފާދޭން ހުށަހަޅާފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އޭގެ ތެރޭގައި، ގިނަ ޑިޕާޓްމަންޓުތަކުގެ އިސް ވެރިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 30 މުވައްޒަފުން ހިމެނޭކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް، އައިލެންޑް އޭވިއޭޝަނުން އެވާހަކަތައް ދޮގުކޮށް ބުނެފައިވަނީ، ކުންފުނީގެ އޮޕަރޭޝަނަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ނުހިނގާކަމުގެ ޔަގީންކަންދޭ ކަމަށެވެ.

ގިނަ މުވައްޒަފުންތަކެއް އެއްފަހަރާ އިސްތިއުފާދޭ ވާހަކަތަކެއް ފެތުރިފައިވަނީ، ކުންފުނި ރީސްޓްރަކްޗާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން، މިދިޔަ ހަފްތާގެ ތެރޭގައި، މޯލްޑިވިއަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު އަމީން ވަނީ މަގާމުމް ވަކިކޮށްފަ އެވެ.