އިންޓަކޮންޓިނެންޓަލް ގްރޫޕުން ރާއްޖޭގައި ހުޅުވާ މާމުނަގާ ރިސޯޓް އަންނަ ސެޕްޓެމެބްރު މަހު ހުޅުވުމުގެ ގޮތުން، ރިސޯޓަށް އަންނަ ޓޫރިސްޓުންގެ ބުކިންއަށް ހުޅުވާލައިފި އެވެ.
އިންޓަކޮންޓިނެންޓަލް ބްރޭންޑުން މެނޭޖުކޮށް ބަހަލައްޓާ ރ. މާމުނާގަ ސޮފްޓް އޯޕަނިން އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެ ރިސޯޓު ހުޅުވުމުގެ ގޮތުން މާޗު މަހު ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ނަގާފަ އެވެ.
އިންޓަކޮންޓިނެންޓަލްގެ އާ މި ރިސޯޓް ރާއްޖޭގައި ހުޅުވަނީ އެކި ފެންވަރުގެ 81 ވިލާއާއެކުގަ އެވެ. މި ރިސޯޓުގައި ބީޗް ވިލާތަކާއި ލެގޫން ވިލާ އަދި އޯވަ ވޯޓާ ވިލާތަކުގެ އިތުރުން ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނަ ގޮތަށް ހަދާފައި ހުންނަ ރެޒިޑެންސް ވިލާވެސް ހުރެ އެވެ. އަދި ހާއްސަ ސްޕާތަކާއި ސުވިމިން ޕޫލް އަދި ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަހައްދު ވެސް ހުރެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 35 މިނެޓުން ދެވޭ ރާސްތާގައި ހުޅުވާ މި ރިސޯޓު ހިންގާ އިންޓަކޮންޓިނެންޓަލް ކުންފުނިން ރާއްޖޭގައި ފަސް ރިސޯޓު ހިންގަ އެވެ.އެ ރިސޯޓު ތަކަކީ ފޯ ސީޒަންސް ކުޑަ ހުރާ އާއި ލަނޑާ ގިރާވަރު އަދި ގިލި ލަންކަންފުށީގެ އިތުރުން ސިކްސް ސެންސަސް ލާމު އަދި ހޮލިޑޭ އިން ކަނޑޫމާ އެވެ.
ދުނިޔޭގައި ޓޫރިޒަމްގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ މި އިނގިރޭސިވިލާތުގެ މި ބްރޭންޑުން ދުނިޔޭގެ 100 ގައުމެއްގައި 5000 އަށްވުރެ ގިނަ ހޮޓަލާއި ރިސޯޓު ހިންގަ އެވެ.