ހަބަރު

ފޯމު ނުބައިވި ކުދިންނަށް އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު

Jun 10, 2019
2

މަތީ ތައުލީމަށް ކިޔެވުމަށް ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ކަނޑައެޅި އުސޫލުތަކާ ހިލާފަށް ފޯމް ހުށަހަޅައިގެން ލޯނު ނުލިބުނު ފަރާތްތަކަށް އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ސަރުކާރުން ސްޓޫޑެންޓް ލޯނު ދީފައިވާ ގޮތާއިމެދު އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ އިރު، އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިދިޔަ މާޗު މަހު ހުޅުވާލި ލޯނު ސްކީމުގެ ދަށުން ނުހޮވުނު ދަރިވަރުންނަށް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު މި ހަފްތާގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށެވެ.

ސަރުކާރުން ދޭ ސްޓުޑެންޓް ލޯނަށް މިއަހަރު ހުޅުވާލާފައިވަނީ 242 ޖާގަ އެވެ. ނަމަވެސް އެ ޖާގަތަކަށް 900 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލީ ނަމަވެސް، ލޯނު ހަމަޖެހުނީ އެންމެ 79 ފަރާތަކަށެވެ.

މިނިސްޓްރީނ އިތުރަށް ބުނި ގޮތުގައި ލޯނު ދިނުމުގެ އުސޫލު ލުއިފަސޭހަ ގޮތަކަށް އިތުރަށް މުރާޖައާ ކުރުމަށްފަހު، އެ ސްކީމުގައި ބޭނުންކުރެވިފައިނުވާ 163 ޖާގަ އަލުން ހުޅުވާލަން ނިންމާފައިވަނީ، ވީހާވެސް ގިނަ ބަޔަކަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އަމާޒުގައި ކަމަށެވެ.

އެޕްލިކޭޝަން ހުށަހެޅުން އިތުރަށް ފަސޭހަކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައިވާއިރު، ފޯމު ނުބައިވި ސަބަބުތައް ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

ސެޓްފިކެޓްތައް ހަމަނުވެގެން 183 ކުދިންނަށް ލޯނުގެ ފުރުސަތު ގެއްލުނު އިރު، ރާއްޖޭގައި ކިޔަވާ ކޯސްތައް، ބޭރުން ކިޔަވަން ބޭނުންވެގެން ހުށަހެޅި 106 ދަރިވަރުންނަށް ލޯނު ދުލެއް ނުކުރި އެވެ.

ލޯނަށް ހުށަހެޅި ދަރިވަރުން ޑިސްކޮލިފައިވި އިތުރު ސަބަބުތަކުގެ ތެރޭގައި އެޕްލިކޭޝަންތައް ހަމަނުވުމާއި އެކްރެޑިޓް ނުކުރާ ސެޓްފިކެޓްތައް ހިމެނުން ފަދަ ކަންކަން ހިމެނެ އެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން އިއްޔެ ވަނީ މިނިސްޓަރާ ބައްދަލުކޮށް، ދަރިވަރުންގެ ޝަކުވާތައް ހިއްސާކޮށްފަ އެވެ.