މިނިސްޓްރީ އޮފް އެޑިއުކޭޝަން

އޫސޫލާ ހިލާފަށް ނާސްތާ ދިނުމުން ފިޔަވަޅު އަޅައިފިން: މިނިސްޓްރީ

މިއަދު އިފްތިތާހު ކުރި ނާސްތާ ޕްރޮގްރާމްގެ ތެރެއިން ސްކޫލެއްގެ ދެ ކްލާސްރޫމްގެ ދަރިވަރުންނަށް އޫސޫލާ ހިލާފަށް ނާސްތާ ދިން މައްސަލައިގައި ފިޔަވަޅު އަޅައިފި އެވެ.

އެޑިއުކޭޝަނުން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފަ ވަނީ، 213 ސްކޫލެއްގައި 57817 ދަރިވަރުންނަށް ނާސްތާދީފައިވާއިރު، މަދު ކްލާސްރޫމްތަކެއްގެ ނާސްތާ ދިނުމުގައި އުސޫލާ ހިލާފަށް ކަންތައް ކޮށްފައިވުމުން ބެލެނިވެރިންނާއި ރައްޔިތުން ކުރާ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

އުސޫލާ ހިލާފަށް ދަރިވަރުންނަށް ނާސްތާ ދީފައިވަނީ ކޮން ސްކޫލެއްގައި ކަމަށް އެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ. އަދި އެޅީ ކޮން ފިޔަވަޅެއް ކަމެއްވެސް ބުނެފައެއް ނުވެ އެވެ.

ނޫސްބަޔާނުގައި ބުނެފަވަނީ މަދު މުވައްޒަފުންތަކެއް އެޑިއުކޭޝަން މިނިސްޓްރީން ނާސްތާ ދިނުމުގައި ކަނޑައަޅައިފައިވާ އުސޫލާ ހިލާފަށް އަމަލުކޮށްފައިވާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މިއަދު ގދ. ތިނަދޫ އަބޫބަކުރު ސްކޫލުގައި މިއަދު ހެނދުނުގެ ނާސްތާ ކަރުދާސް ގަނޑެއްގެ މަތީގައި ދިން މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.