ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ކީޕަރު ފައިސަލް ޕީއެންސީއަށް ސޮއިކޮށްފި

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ކީޕަރު މުހައްމަދު ފައިސަލް ޕީއެންސީއަށް ސޮއިކޮށްފި އެވެ.

ފައިސަލް ޕީއެންސީއަށް ސޮއި ކޮށްފައި ވަނީ މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ހަފުލާއެއްގަ އެވެ. މި ހަފުލާގައި ޕީއެންސީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ހަފުލާއަށްފަހު ފައިސަލް ވަނީ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީނާ ވެސް ބައްދަލު ކުރައްވާފަ އެވެ.

ފައިސަލްއަކީ ސާފު ސުޒުކީ ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. ރާއްޖޭގެ ބޮޑެތި ކްލަބްތަށް ކަމަށްވާ ވެލެންސިއާ، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް އަދި ނިއުރޭޑިއެންޓުގައި ވެސް ފައިސަލް ކުޅެފައިވެ އެވެ.