ހަބަރު

ޓްރެވަލް އެކްސްޕޯގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ޓޫރިޒަމް އިޝްތިހާރު ކުރަން އެމްއެމްޕީއާރްސީން މެލޭޝިއާގައި ބާއްވާ ފެއާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެމްއެމްޕީއާރްސީން ބުނީ މެލޭޝިއާގައި ބާއްވާ "ވިޒިޓް މޯލްޑިވްސް ޓްރެވެލް އެކްސްޕޯ" ބައިވެރިވުމުގެ މުއްދަތު މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މިހާރު އިތުރު ކޮށްފައިވާ ކަމަށެވެ. މި ފެއާ ބާއްވަނީ ތިން ދުވަހުގެ މުއްދަތަށް މެލޭޝިއާގެ އައިއޯއައި ސިޓީ މޯލްގަ އެވެ.

މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް އެޖެންޓުންނާއެކު ބުކިން ހެދުމުގެ ފުރުސަތު ދެއެވެ.

ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން ދަނީ ތަފާތު ހަރަކާތް ތަކެއް ހިންގަމުންނެވެ. މި ގޮތުން ބޭރުގެ މީޑިއާ ޓީމުތައް ގެނެސްގެން ވެސް ރާއްޖެ އިޝްތިހާރު ކުރަމުންގެންދެ އެވެ. ނަމަވެސް އެމްއެމްޕީއާރްސީން ދޭ ފުރުސަތުތަކުގައި ދިވެހި މީޑީއާއަށް މިހާރު ފުރުސަތެއް ނުދެ އެވެ.