ހަބަރު

އިންޑިއާގެ ހޮސްޕިޓަލްތަކާއެކު އެކްސްޕޯއެއް ފަށައިފި

އިންޑިއާ ހެލްތް އެކްސްޕޯ، ރާއްޖޭގަައި ފަށައިފިއެވެ.

ދަރުބާރުގޭގައި ކުރިއަށްދާ މި އެކްސްޕޯ މިއަދު ފައްޓަވާދެއްވީ ހެލްތް މިނިސްޓާ އަބްދުﷲ އަމީނެވެ. މިނިސްޓާ އަމީން ވަނީ މި އެކްސްޕޯ ފައްޓަވާ ދެއްވުމަށްފަހު އެކްސްޕޯގެ ސްޓޯލްތައް ބައްލަވާލާފައެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިވެ ދިނުމަށް ބާއްވާ މި އެކްސްޕޯގައި އިންޑިއާގެ ބޮޑެތި ހޮސްޕިޓަލުތަކުން މަޝްހޫރު ޑޮކްޓަރުންނާއެކު ބައިވެރިވެއެވެ. މި އެކްސްޕޯގައި އިންޑިއާގެ 22 ހޮސްޕިޓަަލަކުން 15 އަށް ވުރެ ގިނަ ސްޕެޝަލިސްޓް ޑޮކްޓަރުން ބައިވެރިވެއެވެ.

މި އެކްސްޕޯ ކުރިއަށް ގެންދަނީ އިންޑިއާގެ މެޑްހޮޕް އާއި ރާއްޖޭގެ އަސަރީ ސާވިސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެންނެވެ.

މި އެކްސްޕޯ ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ދަރުބާރު ގޭގަ މެންދުރު 14:00 އިން ރޭގަނޑު 22:00 އަށެވެ.