ހަބަރު

ދިއްދޫ ދަނޑު ހަލާކޮށްލި މައްސަލަ ފުލުހުން ބަލަން ފަށައިފި

Jun 13, 2019
1

ހއ. ދިއްދޫ ކައުންސިލުން ބޭއްވި ފުޓްބޯޅަ މުބާރާތުގައި މެޗެއް ހޫނުވެ، ހިނގި ހަމަނުޖެހުމުގައި މެޗް ކުޅުނު ދަނޑު ހަލާކޮށްލި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ކުޅުނު މެޗް ހޫނުވެ، ދެޓީމުގެ ކުޅުންތެރިންގެ ދެމެދު މާރާމާރީ ހިންގައި ދަނޑު ވަނީ ހަލާކޮށްލާފަ އެވެ. އަދި ބެންޗްތަކަށްވެސް ވަނީ ގެއްލުންދީފަ އެވެ.

އެމައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެއިދާރާގެ އަމިއްލަ އިސްނެގުމުން އެމައްސަލަ މިހާރު ބަލަންފަށާފައިވާ ކަމަށެވެ. އަދި އެމައްސަލަ ބަލަނީ މުދަލަށް ގެއްލުންދިން މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

އެމެޗްގެ މައްސަލައާ ގުޅިގެން އެރަށު ކައުންސިލުން ކުޅުންތެރިންނާމެދު ފިޔަވަޅު އެޅުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކައުންސިލް އިދާރާ ކައިރިއަށް ބައެއް މީހުން އެއްވެ ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް ފުލުހުން ވަނީ އެހަމަނުޖެހުން ހުއްޓުވާފަ އެވެ.