އިގްތިސޯދު

ގައުމީ އުފެއްދުންތެރިކަމުގެ ދުވެލި 6.5 ޕަސެންޓުން މަތީގައި ހިފެހެއްޓޭނެ

މާލެއަށް ބަނދަރު ކުރި ކްރޫޒްލައިނާއަކުން ފޭބި ޓޫރިސްޓުންތަކެއް: މި އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ސަރުކާރުން ބުނޭ -- އަވަސް ފޮޓޯ
0%
0%
0%

ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ދުވެލި 6.5 ޕަސެންޓުން މަތީގައި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވައިފި އެވެ.

ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ދުވެލި 7.5 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ކުރިން ބުނި ބުނުން ދާދި ފަހުން ވަނީ ދަށްކޮފަ އެވެ.

ވޯލްޑް ބޭންކުން ދާދިފަން ބުނެފައިވަނީ ކުރިއަށް އޮތް ތިން އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ދަށްވާނެ ކަމަށެވެ. އޭގެ ސަބަބަކީ މިހާރު ހުރި މަޝްރޫއުތައް ނިމުމަކަށް ދާއިރު، އާ މަޝްރޫއުތަކެއް އަދި ފެށިފައި ނުވުމެވެ. ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ގޮތުގައި މިއަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި ހުންނާނީ 5.7 ޕަސެންޓްގަ އެވެ. އަދި އަންނަ އަހަރު އިގްތިސޯދީ ދުވެލި 5.2 ޕަސެންޓުގައި ހުރުމަށްފަހު، 2021 ގައި 5.3 ޕަސެންޓަށް ވެއްޓޭނެ އެވެ.

ވޯލްޑް ބޭންކުގެ މި ރިޕޯޓާ ގުޅިގެން، ޕީއެސްއެމް "ރާއްޖެ މިއަދު" ގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ދުވެލި 6.5 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ވޯލްޑް ބޭންކުން ރާއްޖޭގެ ދުވެލި ދަށްވާނެ ކަމަށް ބުނި ނަމަވެސް، އައިއެމްއެފުން ވަނީ އިގްތިސާދު 6.5 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ބުނެފަ އެވެ. އަދި އާ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން މުހިންމު ސިނާއަތުތައް ކުރިއަރައި އިންވެސްޓްމަންޓްތައް އަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910