ހަބަރު

ޕީޕީއެމްއަށް 9.2 މިލިއަން ރުފިޔާ ޖަމާކޮށްދީފި

ދައުލަތުގެ ބަޖެޓުން އިދިކޮޅު ޕާޓީ، ޕީޕީއެމްއަށް ދިނުމަށް ހަމަޖެހިފައިވާ 9.2 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީ އިން މިއަދު ޖަމާކޮށްދީފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާ ދޫކުރާނީ އެ ޕާޓީއެއްގައި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އެގޮތުން ޕީޕީއެމް ފިޔަވާ އެހެން ޕާޓީތަކަށް ދައުލަތުން މި މަހު ކުރީކޮޅު ވަނީ ފައިސާ ޖަމާކޮށްދީފަ އެވެ. ނަމަވެސް ފިނޭންސްގެ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ ޕީޕީއެމްއަށް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅުއްވާފައިވާ 9.2 މިލިއަން ރުފިޔާ މިއަދު ޖަމާކޮށްދީފައިވާ ކަމަށެވެ.

"އީސީ އިން އެދުނު ފުލް އެމައުންޓް އަޅުގަނޑުމެން މިއަދު ވާނީ ޕީޕީއެމްއަށް ޖަމާކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

ޕާޓިތަކަށްދޭ ފައިސާގެ ތަފުސީލް

  • އެމްޑީޕީ: 12.8 މިލިއަން ރުފިޔާ
  • ޕީޕީއެމް: 9.2 މިލިއަން ރުފިޔާ
  • ޖުމްހޫރީ ޕާޓި: 2.5 މިލިއަން ރުފިޔާ
  • އެމްޑީއޭ: 2.03 މިލިއަން ރުފިޔާ

ފަހަކަށް އައިސް ގިނަ ޕާޓީތަކެއް ރަޖިސްޓާކޮށްފައިވާ އިރު އެއިން އެއްވެސް ޕާޓީއަކަށް އަދި މިހާތަނަށް އެ އަދަދަށް މެންބަރުން ހަމަ ކުރެވިފައެއް ނުވެ އެވެ.