ލޯބިވެރިޔާއަށް އަނިޔާ ކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ދެ މީހަކު މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓު އިއްޔެ ހެނދުނު ފުލުހަށް ލިބިގެން ދިޔައި ދިޔައިރު އެއީ ރައްޓެހިވެގެން އުޅުނު ދެ މީހެއްގެ މެދުގައި ހިނގާފައިވާ ގެވެށި އަނިޔާގެ މައްސަލައެއް ކަން ފާހަގަ ކުރެވުނު ކަމަށެވެ.
އަދި ފިރިހެން މީހާ ހައްޔަރުކޮށް އަންހެން މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފައިވާ ކަމަށާއި އެ އަންހެން މީހާގެ އަތަށާއި ބޮލަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށެވެ.
އޭގެ ކޯޓުން ވަނީ ފިރިހެން މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.