ޓެކްނޯލޮޖީ

ސިމް ކާޑް ނައްތާލުމަށް އެޕަލް އާއި ސެމްސަންގް އިން އަތާއި އަތް ގުޅާލަނީ

Jul 20, 2015

މިހާރު ބޭނުން ކުރާ އާދައިގެ ސިމް ކާޑްގެ ބަދަލުގައި އިލެކްޓްރޯނިކް ސިމް ކާޑް އުފެއްދުމަށް އެޕަލް އަދި ސެމްސަންގް ކުންފުނިން މަސައްކަތް ފަށައިފިއެވެ. 

ދެ ކުންފުނިން ފަށާފައިވާ މި މަސައްކަތުގެ ދަށުން އަންނަ އަހަރު އިލެކްޓްރޯނިކް ސިމް ކާޑް ތައާރަފު ކުރުމާ ގުޅިގެން، މުވާސަލާތީ ހިދުމަތް ދޭ އެއް ކުންފުނީގެ ހިދުމަތުން އަނެއް ކުންފުނީގެ ހިދުމަތަށް ބަދަލުކޮށްލަން ނުވަތަ "ސްވިޗް"ކޮށްލަން ފަސޭހަ ވާނެ ކަމަށް ވެއެވެ. 

އެ ގޮތުން މި ކާޑުތަކުގެ ބައްޓަމާއި ޑިޒައިން އާމެދު ވަރަށް އަަވަހަށް ގޮތެއް ނިންމާނެ ކަމަށް ވެއެވެ.