ހަބަރު

ޖެންޑާ މިނިސްޓްރީއަށް ސީނީއާ އެގްޒެކެޓިވް ޑިރެކްޓަރަކު ލައިފި

Jun 18, 2019
6

ޖެންޑާ މިނިސްޓްރީގެ ސީނީއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

އެ މަގާމަށް ހަމަޖެއްސީ ބ. ތުޅާދ، ހަވާއީ، އިބްރާހިމް ޒާހިދު އެވެ. އެ މަގާމަށް ޒާހިދު ހަމަޖައްސެވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަގާމު އަދާ ކުރުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަން ކުރެއްވުމަށް ރައީސަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ތުޅާދޫ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި އިންތިހާބުވެ ވަޑައިގެން އެ ކައުންސިލްގެ ނައިބު ރައީސްކަން ކުރެއްވި ޒާހިދު އެ މަގާމަށް އައްޔަން ކުރީ އިއްޔެ އެވެ.

އޭނާއަކީ ފަހަކާ ޖެހެންދެން ރާއްޖެ ޓީވީގައި މަސައްކަތް ކުރަމުން އައި އާމިނަތު ނުޒުހާގެ ފިރީމީހާ އެވެ.