އެމްއެންޑީއެފް

ޒުވާނުން ޓެރަރިޒަމާއި ދުރުކުރުމުގެ ވޯކްޝޮޕެއް ފަށައިފި

އިންޓަނެޓް މެދުވެރިކޮށް ޒުވާނުން ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅި އެފަދަ ކަންކަމަށް ތަމްރީނުވުން ހުއްޓުވުމުގެ ގޮތުން ވޯކް ޝޮޕެއް މާލޭގައި މިއަދު ފަށައިފި އެވެ.

ޔުނައިޓެޑް ނެޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމްސް އާއި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު ގުޅިގެން ފެށި ވޯކްޝޮޕް އިފްތިތާހު ކޮށްދެއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

އެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ، ޓެރަރިޒަމްގެ އަމަލުތަކުން ޒުވާނުން ދުރުކުރަން ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ތަހުގީގީ އިދާރާތަކުގެ މަސައްކަތް މުހިންމު ކަމަށެވެ.

ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި 34 ފަރާތަކުން ބައިވެރިވެ އެވެ. އަދި ރާއްޖޭގެ ފަސް އިދާރައަކާއި ބަންގްލަދޭސް އާއި ސްރިލަންކާގެ ގާނޫނީ ތަންފީޒުކުރާ އިދާރާތަކުންވެސް ބައިވެރިވެ އެވެ.

ރާއްޖޭގައި އެއްވެސް ވަރަކަށް އިންޓަނެޓް ލިމިޓް ކޮށްފައިނުވެ އެވެ. އޭގެ ސަބަބުން ބޭނުން ކޮންމެ މައުލޫމާތެއް ލިބުމުގެ ދޮރު ހުޅުވިފައި އޮވެ އެވެ.