ހަބަރު

މޫސަގެ ގެސްޓްހައުސްގެ ވޭން ރޯކޮށްލައިފި

ލ.ގަމުގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މަސްލަހަތު އޮންނަ ގެސްޓްހައުސްގެ ވޭނެއް ވަގަށް ނަގައިގެންގޮސް ރޯކޮށްލައިފި އެވެ.

ފުލުހުން ބުނީ ލ. ގަމުގައި ހުންނަ މޯހޮޓަލުގެ ވޭން ހޮޓަލުގެ ކައިރީ ބާއްވާފައި އޮއްވާ ވަގަށް ނަގައިގެން ގޮސް މުކުރިމަގު ހަތްތެއްޔާ ދިމާ އިރުމަތިފަރާތު އަތިރިމައްޗަށް ގެންގޮސް ވޭނުގައި ރޯކޮށްލާފައިވާ ކަމުގެ މައްސަލައެއް ފުލުހަށް ރިޕޯޓްކޮށްފައިވަނީ މިރޭ 9:15 ހާއިރު ކަމަށެވެ.

ފުލުހުން އެ ސަރަހައްދުގައި މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، ވޭނުގައި ރޯކޮށްލި އަލިފާންގަނޑު ނިއްވާލެވުން އިރު، ބޭނުން ނުކުރެވޭވަރަށް އެވޭން އަނދާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. މައްސަލަ މިހާރު ތަހުގީގު ކުރަމުންދާއިރު، މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާކަމަށް ވެސް ފުލުހުން ބުންޏެވެ.