މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުސް ލޯންޗެއް އަންދާލައިފި

ލ. ގަން، ތުނޑީ އަވަށުގެ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި އަލިފާން ރޯކޮށްލަައިފި އެވެ.

ފުލުހުން ބުނީ ރޭ ފަތިހުގެ އެ ހާދިސާއާ ގުޅިގެން އެ ލޯންޗް އޮތް ސަރަހައްދަށް ފުލުހުން ދިޔައިރު ލޯންޗުގެ ވާ ވެސް އޮތީ ކަނޑާލާފައި ކަމަށާ އެއީ ބަޔަކު ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.

ލޯންޗުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައި ވަނީ ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމުން ރޭ ފަތިހު 5:00 ޖަހާއެހާކަންއިރު އެވެ. އަލިފާން ނިއްވާލެވުނު އިރު ފުލުސް ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.

މި ހާދިސާގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު މިހާތަނަށް މީހަކު ހައްޔަރުކޮށްްފައެއް ނުވެއެވެ.