ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މިހާރު އިންގްލޭންޑް އަދި ވޭލްސްގައި ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕް ބެލުމަށްޓަކައި ބޮޑު ސްކްރީނެއް ވަގުތީ ގޮތުން މާފަންނު ސޯޝަލް ސެންޓަރުގައި ހަމަޖައްސައިދީފައިވާ ކަމަށް ސްޕޯޓުސް މިނިސްޓަރު އަހްމަދް މަހްލޫފް ވިދާޅުވެއްޖެ އެވެ.
މަހްލޫފް ވިދާޅުވީ، ވަގުތީ ގޮތުން ބިދޭސީންނަށް ކްރިކެޓް ވޯލްޑް ކަޕް ބެލޭނެ އިންތިޒާމު މާފަންނުގައި ސޯޝަލް ސެންޓަރުގައި ހަމަޖައްސައިދީފައި ކަމުގައި ވިޔަސް ކުރިއަށް އޮތް ތަނުގައި އެކަން ދާއިމީ ގޮތުގައި ކުރުމަށް މިހާރު ބޭނުން ކުރަމުންދާ ސްކީރަނަށް ވުރެ ބޮޑު ސްކްރީނެއް ބޭނުންވާތީ ޕްލޭނިނިސް މިނިސްޓްރީ އާއި ގައުމުތަކުގެ އެމްބަސީތަކާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މިނިސްޓްރީން މީގެ ކުރިން ބުނެފަވަނީ، މާލޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން ދުވާލު މަސައްކަތް ކުރުމަށްފަހު ރެސްޓޯރެންޓްތަކާއި ކެފޭ ތަކުގައި ކްރިކެޓް މެޗުތަށް ބަލަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މަގުމަޓީގައި މަޑު ކޮށްގެން ތިބެ މެޗުތަށް ބަލަމުންދާ ކަންވެސް އެ މިނިސްޓްރީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގައި އެންމެ ގިނައިން ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި އުޅެނީ އިންޑިއާ އަދި ބަންގްލަދޭޝް ރައްޔިތުންނެވެ.