ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ނެރުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވުމުން އުޅަނދުތައް ސަމާލުވާން އެއާޕޯޓް ހިންގާ ކުންފުނި އެމްއޭސީއެލް އިން ބުނެފި އެވެ.
އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަސައްކަތް ކުރަނީ އެއާޕޯޓުގެ ނެރު އެއްކޮށް ބަންދުނުކޮށް ކަމަށެވެ. އެހެންކަމުން މި ދުވަސްތަކުގައި އުޅަނދުތައް ދުއްވާ މީހުން ސަމާލުވުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
މި މަސައްކަތް ކުރިއަށް ގެންދާނީ ހޮނިހިރު ދުވަހުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.