ހަބަރު

ފެމިލީގެ ކޯޓުގެ ލީގަލް އޮފިސަރު ވަކި ކުރީ ޖިންސީ ފުރައްސާރަކޮށްގެން

ފެމެލީ ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރު، އަލީ ސައީދު ވަޒީފާއިން ވަކި ކޮށްފައިވަނީ ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއްގައި އެކަން ޑީޖޭއޭއިން ތަހުގީގުކޮށް އެކަން އޭނާގެ މައްޗަށް ސާބިތު ވުމުން ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ފެމެލީ ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލީ ސައީދު މަގާމުން ވަކި ކޮށްފައިވަނީ ފެމިލީ ކޯޓުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ ޑީޖޭއޭ އިން ބެލުމަށްފަހު އެކަން ސާބިތުވުމުން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގައިވައިދުގެ ދަށުން ކަމަށެވެ.

ފެމިލީ ކޯޓުގެ އެ ބަޔާން ބުނާ ގޮތުން ޖިންސީ ފުރައްސާރައިގެ މައްސަލަ ސައީދުގެ މައްޗަށް ސާބިތުވާ ކަމަށް ޑީޖޭއޭއިން މި މަހުގެ 13 ވަނަ ދުވަހު އެވެ.

ސައީދު ވަކި ކުރި އިރު ފެމެލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ މައްސަލައެއް ޖޭއެސްސީ އަށް ހުށަހަޅާފައިވަނީ އެ ކޯޓުގެ މުވައްޒަފެކެވެ. ނަމަވެސް ފެމެލީ ކޯޓުން ބުނީ ސައީދު މަގާމުން ވަކިކޮށްފައިވަނީ އެއްވެސް އިދާރާއަކަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ނޫން ކަމަށެވެ.

ސައީދު ވަކި ކުރި އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ވެސް ޖޭއެސްސީއަށް ހުށަހަޅާފައި ވެއެވެ.