ހަބަރު

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުން މަޖިލީޙުން ބަލަނީ

މާފުށީ ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުން ރައްޔިތުންގެ މަޖިލީހުން ބަލަން ނިންމައިފި އެވެ.

މަޖިލިސް އިދާރާއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިއްޔެ ޖަލުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ ބެލުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުން މާދަމާ ހެނދުނު 11:00 ޖަހާއިރަށް އެޖެންޑާކޮށްފައިވާ ކަމަށް ވެސް މަޖިލީހުން ބުންޏެވެ.

މަޖިލިސް އިދާރާއިން ކުރި ޓްވީޓް

މާފުށީ ޖަލުގައި ހިނގައި ދިޔަ ހަމަނުޖެހުމުގައި ބައެއް ގައިދީންގެ ބޯ ބާލުވާ އެ މީހުން ގަޔަށް ޕެޕާ ސްޕްރޭ ޖެހި ކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ. ނަމަވެސް ކަރެކްޝަނުން އެ ވާހަކަތައް ދޮގު ކުރެ އެވެ. އަދި މި ހަމަނުޖެހުމުގައި ޖަލު ބަލަހައްޓާ އޮފިސަރަކަށް އަނިޔާވެ ފަރުވާދީފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް އަންނަނީ ބަލަމުންނެވެ.