ހަބަރު

އިމްރާން ޖަލަށް ވަޑައިގެންފި

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުން ތަކުގެ މައުލޫމާތު އޮޅުން ފިލުވަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މާފުށީ ޖަލަށް ވަޑައިގެންފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަވީރު މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގާ ބައެއް ގައިދީންނަށާއި ކަރެކްޝަންސްގެ އޮފިސަރުންނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

މި ހާދިސާ އާއި ގުޅިގެން މިނިސްޓަރު އިމްރާން ވަނީ މާފުށި ޖަަލަށް މިއަދު ހެނދުނު ވަޑައިގެންފަ އެވެ. ހޯމް މިނިސްޓްރީ އިން ބުނީ މި ދަތުރުގައިި ޖަލުގެ ހާލު ދެނެގަނެ، ހަމަނުޖެހުމުގައި ކަންކަން ހިނގާދިޔަގޮތް މިނިސްޓަރ ބައްލަވާނެ ކަމަށެވެ. އެގޮތުން މިނިސްޓާ އަންނަނީ ޖަލުގެ އިސް އޮފިސަރުންނާ ބައްދަލުކުރަމުންނެވެ.

މި ހާދިސާ އާއި ގުޅިގެން ރޭ ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ ގައިދީންނާމެދު ހިނގާ ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތައް ހިންގުން ހުއްޓުވާނެ ކަމަށާއި ނަމަވެސް ފުރިހަމަ ތަހުގީގަކާ ނުލައި އޮފިސަރުންނަށް ފިޔަވަޅެއް ނާޅާނެ ކަމަށެވެ