ހަބަރު

އިއްބެގެ އެކްސިޑެންޓް: ސައިކަލް ދުއްވި މީހާގެ ލައިސަންސް އަތުލައިފި

Jun 23, 2019
6

މިދިޔަ އަހަރުގެ މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އިބްރާހިމް ވަސީމް (އިއްބެ) އިން ސައިކަލުގައި ޖެއްސި މީހާގެ ލައިންސަންސް އިއްޔެ ހިފަހައްޓައިފި އެވެ. އޭނާގެ ލައިސެންސް މިހާ ދުވަހުން ހިފަހައްޓާފައިމިވަނީ އިއްބެގެ ހަޔާތަށް ލިބުނު ހިތްދަތިކަން "އަވަސް"އިން އިއްޔެ ގެނެސްދިނުމާއެކު އެވެ.

އިއްބެގެ އެކްސިޑެންޓަށް އަންނަ ބުދަ ދުވަހު އެއް އަހަރު ފުރޭނެ އެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓްގައި ތުހުމަތުކުރެވޭ 21 އަހަރުގެ މީހާގެ ލައިސަންސް އިއްޔެ އިން ފެށިގެން ހިފަހައްޓާފައިވާ ކަމަށާއި އެ މީހާގެ ލައިސެންސް ހިފަހައްޓާފައިވަނީ ޝަރީއަތް ނިމެންދެއް ކަމަށެވެ. އަދި މައްސަލާގައި ތުހުމަތު ކުރެވޭ މީހާއަށް ދައުވާ ކޮށްދިނުމަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ކަމަށް ފުލުހުން ބުންޏެވެ.

އިންޑަސްޓްރިއަލް ޒޯން ކައިރިން އެ އެކްސިޑެންޓު ހިނގި އިރު އިއްބެ އިނީ ސައިކަލުގެ ފަހަތު ސީޓުގަ އެވެ. ފަހަތުން ވަރަށް ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް އިއްބެ އާއި އޭނާގެ ބޭބެ ދުއްވި ސައިކަލުގައި ޖެހުނު ވަގުތު އިއްބެ ވަނީ ވިއްސައިގެން ގޮސް ބިންމަތީގައިޖެހި ބޮލާއި ސިކުނޑިއަށް ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

ބިން މަތީގައި ބޯޖެހުމުގެ ސަބަބުން ސިކުނޑިއަށް ލިބުނު ގެއްލުންތަކުގައި އޭނާގެ ކުރީގެ ހަނދާންތަކެއް ވަނީ ފޮހެވިފަ އެވެ. އެކަމަށް ފަރުވާ ކުރަމުން އަންނަ އިރު އެ މައްސަލާގައި ޖިނާއީ ދައުވާގެ ބައި އަދި ކުރިއަކަށް ނުދެ އެވެ.

އެ މައްސަލަ ސިވިލް ކޯޓުގައި ފަށާފައިވާ އިރު ޑިސްޕިއުޓް މަރުހަލާގައި ސައިކަލު ދުއްވަން އިން މީހާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.