ހަބަރު

ތޫނު ހަތިޔާރާއި ފޯނުތަކެއް ޖަލުން ފެނިއްޖެ

މާފުށީ ޖަލުގެ ގޮޅި ތަކުން ތޫނު ހަތިޔާރުތަކާއި މޮބައިލް ފޯނުތަކެއް ފެނިއްޖެ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު މިރޭ ކުރެއްވި ޓްވީޓެއްގަައި ވިދާޅުވީ މިއަދު ޖަލުގެ ގޮޅިތައް ބަލައި ފާސްކުރި އިރު ގޮޅި ތަކުން ނައްޓާލައިފައިވާ ދަގަނޑު ތޭރިއަކާއި އެނބުރި ދަނގަޑުން ތައްޔާރުކޮށް ތޫނުކޮށްފައި އޮތް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވޭ އާލާތެއް ފެނުން ކަމަށެވެ. އަދި ގޮޅިތަކުން އަށް ފޯނު ފެނުނު ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.

ކޮމިޝަނާ ކުރެއްވި ޓްވީޓް

ސަރުކާރުގެ މައި ޖަލުގެ ބަލާ ފާސް ކުރީ ގޮޅި ތަކުގައި ތިބި ގައިދީން ޖަލުގައި ހުރި ސެކިއުރިޓީ ކެމެރާ ތަކަށް ގެއްލުންދީ، އޮފިސަރުންނަށް ހަަމަލާ ދެމުން ގެންދާތީ އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ހިއުމަން ރައިޓްސް ކޮމިޝަނާއި އިންސްޕެކްޓާ އޮފް ޕްރިޒަންސްގެ ވެސް ހާޒިރުގަ އެވެ. އަދި އިތުރު އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ފުލުހުންގެ ސްކޮޑެއް ވެސް ފުށީ ޖަލުގައި ހަރަކާތްތެރި ވެއެވެ.