ދުނިޔެ

އަލުން ނެގި ވޯޓުންވެސް އުރުދުގާނުގެ ޕާޓީއަށް ނާކާމިޔާބީ

Jun 24, 2019
1

އަންކާރާ (ޖުލައި 24) - ތުރުކީގެ މައި ސިޓީއެއް ކަމުގައިވާ އިސްޓަންބުލްގެ ކޮންޓްރޯލް ރައީސް ރަޖަބު ތޮއްޔިބު އުރުދުގާނުގެ ވެރިކަންކުރާ ޕާޓީއަށް ގެއްލިއްޖެ އެވެ.

ވޯޓުގެ ނަތީޖާގައި އޮޅުވާލުންތަކެއްހުރިކަމަށް ބުނެ އުރުދުގާނުގެ އޭކޭ ޕާޓީން މައްސަލައެއް ހުށަހެޅުމުން އަލުން ވޯޓު ނެގުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް، ދެވަނަ ބުރަށް ވޯޓުލައިގެންވެސް އިސްޓަންބުލްގެ މޭޔަރުކަމަށް އިންތިހާބުވެފައިވަނީ އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް އޭކްރެމް އިމަމޯގުލޫ އެވެ.

އިސްޓަންބުލް ކާމިޔާބު ކުރާ ޕާޓީއެއް މުޅި ތުރުކީ ކާމިޔާބުވިކަމަށް އުރުދުގާނު ވަނީ މީގެ ކުރިން ސިފަކުރައްވައިފަ އެވެ.

މިއީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް އުރުދުގާނު ނެންގެވުމުގެ ފަހުން އެމަނިކުފާނަށް ކުރިމަތިވި ފުރަތަމަ މުނިސިޕަލް ވޯޓެވެ. އުރުދުގާނަށް މީގެ ކުރިން ތާއީދުކުރަމުން އައި ގިނަ ބަޔަކު ތިބީ، ތުރުކީއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުގައި، މަތިވަމުން އަންނަ އަގުތަކާއެކު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.