ހަބަރު

ވިސާއާ ނުލާ ރަޝިޔާއަށް ދެވޭ ގޮތް ހަދަނީ

Jun 24, 2019
2

ދިވެހިންނަށް ވިސާއާ ނުލާ ރަޝިއާއަށް ދެވޭ ގޮތް ހަދަން އެ ގައުމާއެކު އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިއަދު ވަނީ ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯފްއާ ބައްދަލު ކުރެއްވުމަށް ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ފުރާވަޑައިގެންފަ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ދަތުރުގައި ވިސާ އެގްޒެމްޕްޝަންގެ އިންތިޒާމް ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ދެ ގައުމުގެ ހާރިޖީ ވަޒީރުން ސޮއިކުރާނެ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ރަޝިޔާއިން ލިބޭނެ އެވެ.

މިނިސްޓްރީން ބުނީ، މި ދަތުރުފުޅުގައި މިނިސްޓަރު ލަވްރޯފް އާއި ބައްދަކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.