ސުޓޫޑެންޓް ލޯން ޕްރޮގްރާމް

އަލުން ހުޅުވާލުމުން ކިޔަވާ ލޯނަށް 900 އަށް ވުރެ ގިނަ ފޯމު

Jun 24, 2019
2
ސްޓުޑަންޓް ލޯނަށް އެދޭ ދަރިވަރުންްގެ ފޯމުތައް ބަލައިގަތުން ކުރިޔަށް ދަނީ -- ފޮޓޯ | ހަޔާ އެޑިއުކޭޝަން
0%
0%
0%

ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރަން ސަރުކާރުން ދޭ ސްޓޫޑެންޓް ލޯނަށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލުމުން 900 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ލޯނާ ގުޅޭ އޮންލައިން ޕޯޓަލަށް ބަދަލުތަކެއް ގެނެސް ލޯނަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިއަދު ހަމަވިއިރު، 900 އަށް ވުރެ ގިނަ ފޯމު ލިބިފައިވާކަމަށް އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު "އަވަސް" އަށް ވިދާޅުވި އެވެ.

ސީދާ އަދަދެއް ހާމަކުރަން އަދި ދަތިކަމަށް ވިދާޅުވެ، އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި މާދަމާ އެ ފޯމުތަކާގުޅޭ ބައްދަލުވުމެއް ބާއްވައިގެން އިވެލުއޭޝަންގެ މަސައްކަތް ފަށާނެ ކަމަށެވެ.

މިފަހަރު ވަރަށް މަދު ފަރާތަކަށް ފިޔަވައި، ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގައި ދައްޗެއް ކުރިމަތިނުވާކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ މާޗް މަހު އިއުލާންކުރި ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 586 ފުރުސަތުތަކުގެ ތެރެއިން ސްޓޫޑަންޓް ލޯން ހަމަޖައްސައިދީފައިވަނީ އެންމެ 79 ފަރާތަކަށެވެ. މިނިސްޓްރީން ބުނީ އެހާ މަދުދަރިވަރުންނަށް ލޯން ނުލިބުނީ ގިނަ އަދަދެއްގެ ދަރިވަރުން އުސޫލާ ހިލާފަށް ފޯމް ފުރުމުން ކަމަށެވެ.

އެ މިނިސްޓްރީން ފަހުން ވަނީ މިމަހުގެ 12 ވަނަ ދުވަހު އެކި ދާއިރާތަކުން 163 ލޯންގެ ފުރުސަތު އަލުން ހުޅުވާލައިފަ އެވެ. އެގޮތުން، ބޭނުން ގައުމަކުން ކިޔަވަންދެވޭ ގޮތަށް އުސޫލުވެސް ވަނީ އިސްލާހުކޮށްފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ތިއްތަ

ކިޔަވަން ބޭނުންވާ ހުރިހާކުދިންނަށް ލޯން ނުދެންވީ ކީއްވެ؟ ބޭންކުން 11% ނަގާ. ނިކަމެތިންނަށް ނިކަމެތިކަން . ހުރިހާ އްުމީދެއް ފެނަށް. ވަރަށް ދެރަ.

އެޖެންޑާ

އެެޖެންޑާ 19 ގެ ދަށުން ކިޔަވާކުދިންނަށާއި މައިންބަފައިންނަށް ވީ ވަޢުދު ހަދާނެއްނެތް މިހާރަކު. ވަރަށް ސަލާމް އިބްރާހިމް މުޙަންމަދު ސޯލިހް އަށް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345