ހަބަރު

ކްލީކް ކޮލެޖުން ސެގީ ޔުނިވަސިޓީގެ ކޯސްތަކެއް އިފްތިތާހުކޮށްފި

އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ތެރެއިން -- ފޮޓޯ: އަހްމަދު އަޔާދު/އަވަސް
0%
0%
0%

ކްލީކް ކޮލެޖުން މެލޭޝިޔާގެ ސެގީ ޔުނިވަސިޓީގެ ބެޗްލާސް އާއި މާސްޓާސް ޕްރޮގްރާމްތަކެއް އިފްތިތާހުކޮށްފި އެވެ.

ބަނޑޮސް މޯލްޑިވްސް ގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމްތައް އިފްތިތާހުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބޭރުގެ ޔުނިވަސިޓީތަކުގެ ޕްރޮގްރާމްތައް ތައާރަފު ކުރުމުން ރާއްޖޭގައި ކިޔެވުމުގެ ގިނަ ފުުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ހިލޭ ޑިގްރީ ސިޔާސަތުގެ ދަށުން މަތީ ތައުލީމު ހާސިލް ކުރާ ދަރިވަރުންނަށް ގިނަ ލުއިތަކެއް ލިބިފައިވާ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އަހްމަދު އަޔާދު/އަވަސް

މިނިސްޓަރު އިތުރަށް ވިދާޅުވީ، ފެންވަރު ރަނގަޅު ތައުލީީމީ ފުރުސަތުތައް ރާއްޖެއަށް ތައާރަފުކުރުމަށް ކޯޕަރޭޓް ސެކްޓާގައި ހިމެނޭ ކުންފުނިތަކުގެ މާލީ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ސެގީ ޔުނިވަސިޓީގެ ހަތަރު ޕްރޮގްރާމެއް ރޭ ވަނީ އިފްތިތާހުކޮށްފަ އެވެ. ކްލީކް ކޮލެޖުން ރޭ އިފްތިތާހު ކުރި ސެގީ ޔުނިވަސިޓީގެ ޕްރޮގްރާމްތަކަކީ ތިން ބެޗްލާސް ޕްރޮގްރާމާއި މާސްޓާސް ޕްރޮގްރާމް އެކެވެ.

  • ބެޗްލާ އޮފް ބިޒްނަސް މެނޭޖްމަންޓް - ޖެނެރަލް މެނޭޖްމެންޓް
  • ބެޗްލާ އޮފް ބިޒްނަސް މެނޭޖްމަންޓް - މާކެޓިން
  • ބެޗްލާ އޮފް ހިއުމަން ބިޒްނަސް މެނޭޖްމަންޓް - ހިއުމަން ރިސޯސަސް
  • މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން - ޖެނެރަލް މެނޭޖްމެންޓް

މި ޕްރޮގްރާމްތަކުގެ ތެރެއިން ބެޗްލާސް ޕްރޮގްރާމް އަކީ ތިން އަހަރުގެ ޑިގްރީ ޕްރޮގްރާމް އެކެވެ. އަދި މާސްޓާސް ޕްރޮގްރާމަކީ އެއް އަހަރާއި ބައިގެ މުއްދަތުގެ ޕްރޮގްރާމް އެކެވެ. މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހަށް ވަނީ ހުޅުވާލައިފަ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345