ހަބަރު

ދެ ރަށެއްގައި ހޮސްޕިޓަލް ޑިޒައިން ކުރަން ހަވާލުކޮށްފި

ދެ ރަށެއްގެ ހޮސްޕިޓަލުގެ އިމާރާތް ޑިޒައިން ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ހޮސްޕިޓަލުގެ އިމާރާތް ޑިޒައިން ކުރަން ނިންމާފައިވަނީ ރ. އުނގޫފާރާއި ނ. މަނަދޫގައެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތް ޑިޒައިންކުރުމަށް ހަވާލުކުރީ އެމްޓީސީސީއަށެވެ. އަދި މަނަދޫ ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތް ޑިޒައިންކޮށް ބީއޯކިޔު ހަދަން ހަވާލުކުރީ އިޕޮކް އެޝޯސިއޭޓްސް އަށެވެ.

ހެލްތް މިނިސްޓްރީން އަންނަނީ ރަށް ރަށުގެ ހޮސްޕިޓަލުތައް ތަރައްގީކޮށް އާ ހިދުމަތްތައް ތައާރަފު ކުރަމުންނެވެ. އެގޮތުން އިއްޔެ ވަނީ ނ. ވެލިދޫ އާއި ރ. އަލިފުށީގެ ހެލްތް ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރަން ބަޔަކާ ހަވާލު ކޮށްފަ އެވެ.