ހަބަރު

ހެލްތުގެ ޕާމަނަންޓް ސެކެޓްރީ އަކަށް ސާމިޔާ ހަމަޖައްސައިފި

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ، ޕާމަނަންޓް ސެކްރެޓަރީގެ ގޮތުގައި ހަމަޖައްސާފައިވަނީ އައިޝަތު ސާމިޔާ އެވެ. ޕީއެސްގެ މަގާމަށް އައްޔަން ކުރުމާ ހަމައަށް ސާމިޔާ ހުންނެވީ ހެލްތު މިނިސްޓްރީގެ ޕޮލިސީ އަދި އިންޓަނޭޝަނަލް ހެލްތު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ.

އައިޝަތު ސާމިޔާ އަކީ 2017 ވަނަ އަހަރުގައި ކެނެޑާގެ ޑަލްހައުސީ ޔުނިވަސިޓީ އިން މާސްޓާ އޮފް ހެލްތު ސާވިސަސް
އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އޮސްޓްރޭލިޔާގެ ކާޓިން ޔުނިވާސިޓީއިން ބެޗެލާ އޮފް ހެލްތު އިންފޮމޭޝަން މެނޭޖްމަންޓްގެ ދާއިރާއިން ވެސް ތައުލީމު ޙާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ސިއްހީ ދާއިރާގައި އުޅުއްވާތާ 21 އަހަރު ވެފައިވާއިރު، ސާމިޔާ ވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެކިއެކި ޑިޕާޓްމަންޓުތަކުގެ ސީނިޔާ މަގާމުތައް ފުރުއްވާފަ އެވެ.