ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް 4.9 މިލިއަން ރުފިޔާއަށް ހިޔާނާތްވި ދެމަފިރިންނާއި މުވައްޒަފަކު ވަކިކޮށްފި

Jun 25, 2019
3

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) 4.9 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި ސަސްޕެންޑް ކުރި ދެމަފިރިންނާއި އެ ބޭންކުގެ މުވައްޒަފަކު ބޭންކުގެ ވަޒީފާއިން ވަކިކޮށްފި އެވެ.

މި މައްސަލާގައި ބީއެމްއެލްއިން ހަމަ އެކަނި ބުނެފައި ވަނީ "އެ ކުންފުނީގެ މުވައްޒަފަކު ފައިސާ އަށް ހިޔާނަތްތެރިވި މައްސަލަ، މިދިޔަ ޖެނުއަރީ މަހު ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުން އަންނަ" ކަމަށެވެ. އަދި އެ ބޭންކުގެ އިންޓާނަލް އޮޑިޓް ޑިވިޝަނުން މިހާރު މި މައްސަލަ ބަލައި ނިންމާފައިވާ އިރު ޒިންމާވާން ޖެހޭ މުވައްޒަފުންނާ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. "މީގެ ތެރޭގައި ވަޒީފާއިން ވަކި ކުރުމާއި އެހެނިހެން އިދާރީ ފިޔަވަޅުތައް ވެސް ހިމެނެ އެވެ."

އަދި ބުނީ ބީއެމްއެލް އިން ބުނީ ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލްތައް ވެސް މިހާރު ގާއިމް ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ވަކިކުރި ތިން މީހުންގެ ތެރެެއިން ދެމަފިރިންނަކީ ބޭންކްގެ ވަކި ދެ ޑިޕާޓްމަންޓެއްގައި މަސައްކަތް ކުރާ ދެ މުވައްޒަފެކެވެ. އެ ދެމަފިރިން ގެންދަނީ އާންމުދަނީއާ ނުބައްދަލު އަގު ބޮޑު ދިރިއުޅުމެއް އުޅެމުންނެވެ. އެހެން މުވައްޒަފަކާ ގުޅިގެން އެ ދެމަފިރުން އެ ފައިސާ ނަގާފައި ވަނީ ބީއެމްއެލްގެ އެކައުންޓަކުން ކަމަށް ވެއެވެ.